ރޯދައަށް ހުރެ ޑައިލިސިސް ހަދައިފިނަމަ ރޯދަ ގެއްލޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަހުމަދު ސަމީރް ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތު ސަލަފުގެ ފަރާތުން "ރޯދަމަހަށް ތައްޔާރުވުން" މި މައުލޫއަށް މިރޭ އިޝާނަމާދަށް ފަހު މަސްޖިދުލް ފުރުޤާންގައި ދަރުސް ދެއްވަމުން ޝައިހް ސަމީރް ވިދާޅުވީ، ރޯދައަށް ހުރެ ޑައިލިސިސް ހަދައިފި ނަމަ ރޯދަ ގެއްލޭނެ ކަމަށާއި އެއީ ޑައިލިސިސް ހަދާއިރު ލޭގެ ތެރެއަށް އިތުރު މާއްދާއެއް އެއްކުރާތީކަމަށެވެ.

"ޑައިލިސިން އަކީ ލޭގައި ސާފުކުރުމަށް ބޭނުންވާ މާއްދާތައް މެޝިނެއްގެ ޖަޒީއާއިން ސާފުކުރަނީ. އިލްމުވެރިންގެ ތަފްސީރުގައި ވިދާޅުވެފައިވަނީ ސާފުކުރުމަށް ފަހުގައި އަލުން ލޭ ހަށިގަނޑުގެ ތެރެއަަށް ވައްދާއިރުގައި އެ ލެއަށް އެބަ އަޅާކަމަށް ގުލްކޯޒް ކަހަލަ ހަށިގަނޑަށް ހަކަތަ ގެނެސްދޭ ބާވަތްތުގެ މާއްދާތައް. އެ މާއްދާތައް ލެއާ އެއްކޮށްފައި ކަމަށް ހަށިގަނޑުގެ ތެރެއަށް މި ފޮނުވަނީ. އެހެންވީމާ ޑައިލިސިސް ހެދީމައި ރޯދަ ގެއްލޭނެ ކަމަށް އިލްމުވެރިން ވިދާޅުވެފައިވޭ" ޝައިހް ސަމީރު ވިދާޅުވިއެވެ.

ޝައިހް ސަމީރު ވިދާޅުވީ، ރާއްޖޭގައިވެސް ޑައިލިސިސް ހަދާ ގޮތަކީ އެއީ ކަމަށާއި އެހެންކަމުން ރާއްޖޭގައި ޑައިލިސިސް ހަދާ ފަރާތްތަކުގެ ރޯދަވެސް ގެއްލޭނެ ކަމަށެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. މިގައުމުގައިވެސް ކިޑްނީގެ ބަލިތަކުގެ ސަބަބުން ޑައިލިސިސް ހަދަން ޖެހިފައިވާ މީހުންގެ އަދަދު ނިސްބަތުން ވަރަށް ގިނައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *