ހަލީމާ އެޑެން އަކީ ސޯމާލިޔާގެ އެމެރިކާއަށް ނިސްބަތްވާ ދަރިފަސްކޮޅުގެ އަންހެނެކެވެ. ހަލީމާ މަޝްހޫރުވެފައިވަނީ މުސްލިމް އަންހެނަކަށްވެހުރެ އެންމެ ފުރަތަމަ ކުޅިވަރުގެ ދާއިރާގައި "ބާރކިނީ" އާއިއެކު އެމެރިކާގެ މެގަޒިންއެއް ކަމަށްވާ "ސްޕޯޓްސް އިލިއުސްޓްރޭޓެޑް"ގެ ބޭރުގެ ކަވަރ އެރި އަންހެނާގެ ގޮތުގައެވެ.
"ބާރކިނީ"އަކީ ބުރުގާ އަށް ކިޔާ ނަމެކެވެ.
ހަލީމާ އުފަންވެފައިވަނީ ކެންޔާގެ ރެފިޔުޖީ ކޭމްޕް ތަކުގައެވެ. އެ ގޮތުން އޭނާ އެމެރިކާއަށް ބަދަލުވެ ވަޒަންވެރިވެފައިވަނީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ. ހަލީމާ ބުރުގާ އަޅަން ނިންމައި އެކަން ކުރީ އޭނާ އެމެރިކާއަށް ބަދަލުވިތާ ދުވަސްކޮޅެއްގެ ތެރޭއެވެ.
ހަލީމާ ބުނާ ގޮތުގައި ކޮންމެ ދާއިރާއެއްގައިވެސް ބުރުގާ އަޅައިގެން އުޅެވިދާނެއެވެ. އެ ގޮތުން އޭނާ މޮޑެލް ކުރަން ފެށީ އެއީ އެކި ދާއިރާތަކަށް "ފޮލޯ" ކުރާ މީހުން އުޅޭތީއާއި އެކު އެ ދާއިރާތަކުގައި އެމީހުން ބަލައިގަންނަ ވަރުގެ "ރޯލް މޮޑެލް" އިން ތިބެންޖެހޭ ކަމަށް އޭނާ ގަބޫލުކުރާތީ ކަމަށް ހަލީމާ ބުނެއެވެ.
"މިހާރު އަހަރެމެންނަށް ފެނޭ ޕޮލިޓީޝިއަނުންނާއި ބިޒްނަސް ދާއިރާގައި އުޅޭ އަންހެނުންގެ އިތުރުން ހަމަ ކާމިޔާބު އަންހެނުން. އެކަމުންވެސް ދޭހަވޭ ބުރުގާއަކީ އަޅައިގެން އުޅުމަކީ އުނދަގޫ ކަމެއް ނޫންކަން. އެއީ އަހަރެން .އަންނަން އޮތް ޖީލުތަކީ އަދި މިހާރުގެ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ" ހަލީމާ ބުންޏެވެ.
ކުޅިވަރުގެ ދާއިރާގެ މެގަޒިންއަކަށް ބުރުގާ އަޅައިގެން ހުރި މީހެއްގެ ފޮޓޯ ލުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ހިޔާލު ފާޅުކުރަމުންކަން ފާހަގަކުރަމުންނެވެ.