މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ އަގުބޮޑު ކާރު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަނެފިއެވެ.

ރޮނާލްޑޯ ގަނެފައިވަނީ ވަނީ ބުގަޓީ ބްރޭންޑްގެ "ލަ ވޮއިޓުއާ ނުއާ" ނަމަކަށް ކިޔާ ކާރެކެވެ. އެ ކާރުގެ އަގު 11 މިލިއަން ޔޫރޯ ނުވަތަ 9.49 މިލިއަން ޕައުންޑަށް އަރައެވެ.

އެ ކާރު އުފެއްދި ކުންފުނިން ވަނީ ކާރުގެ ވެރިއަކީ ރޮނާލްޑޯކަން ކަށަވަރުކޮށްދީފައެވެ.

މި ކާރު ފުރަތަމަ އާންމުންނަށް ފެނިގެން ގޮސްފައިވަނީ މިއަހަރު ބޭއްވި ޖެނީވާ މޮޓޯ ޝޯ ގައެވެ. ފްރާންސްގެ  ކުންފުންޔަކުން ތައްޔާރުކޮށްފައިވާ މިކާރަކީ އެމީހުންގެ 110 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުފައްދާފައިވާ އަގުބޮޑު ކާރެކެވެ.

"ލަ ވޮއިޓުއާ ނުއާ" އަކީ ކުރީގެ މޮޑެލް އެއްކަމަށްވާ "ޓާއިޕް 57 އެސް ސީ އެޓްލާންޓިކް" އަށް ބިނާކޮށް އުފައްދާފައިވާ 8.0 ލީޓާރުގެ ޓާބޯ ޗާޖް W16 އިންޖީނެއް އެކުލެވޭ، ގަޑިއަކު 260 މޭލު ކަނޑާ ކާރެކެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ކާރުގެ ވެރިފަރާތަށް ކާރު ދުއްވޭ ވަރު ވާނީ 2021 ގައެވެ. އެއީ އެ ކާރުގައި އަދިވެސް ނިންމަން ޖެހޭ ބައެއް ކަންކަން ހުރުމުންނެވެ.

ރޮނާލްޑޯއަކީ އަގުބޮޑު ކާރު ގެންގުޅުމަށް ލޯބިކުރާ އެލްތީޓެކެވެ. އެގޮތުން މިހާރުވެސް އޭނާގެ ކާރު ކަލެކްޝަންގައި ދުނިޔޭގެ އަގުބޮޑު ކާރުތައް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *