ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ސްޕެއިންގެ ލެޖެންޑަރީ ގޯލްކީޕަރު އީކާ ކަސިލަސްއަށް ހާރޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
"މިރޯ"އިން ބުނެފައިވާ ގޮތުގައި ކަސިލަސްއަށް ހާޓް އެޓޭކެއް ޖެހުމާއެކު އެމަޖެންސީގައި ގެންގޮސް ފަރުދޭން ފަށާފައިވާ ކަމަށެވެ.
ކަސިލަސް މިހާރު ކުޅެމުން އަންނަ ޕޯޓޯއިންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ޕޯޓޯއިން ބުނީ ކަސިލަސްގެ ހާލު އެންމެ ރަނގަޅު ނޫން ކަމަށާއި ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.
އުމުރުން 37 އަހަރުގެ ކަސިލަސް ވަނީ ސްޕެއިންއާއެކު ވޯލްޑް ކަޕްގެ އިތުރުން ދެފަހަށް ޔޫރޯވެސް ހޯދައިފައެވެ. މީގެ އިތުރުން ކަސިލަސްވަނީ ކުލަބު ފެންވަރުގެ ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ.