މިއަދު މާމިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެންމެ ބޮޑަށް ހާލު ދެރަވި މީހާ ދާދި ދެންމެއަކު ނިޔާވެއްޖެއެވެ.
އެމީހާ ނިޔާވެފައިވަނީ މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދު ހަވީރު 16:15 އާއި 16:20 އާއި ދެމެދު ވަނީ މާމިގިލީގައި ހުންނަ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފަޔަރ ލޮރީއެއް ކޮންޓްރޯ ނުވެގެން އެކްސިޑެންޓްވެ އޭގައި ތިބި ހަތަރު މީހުންނަށް އަނިޔާވެފައެވެ.
މި އެކްސިޑެންޓްގައި އެކަކުގެ ބޯފަޅައިގެން ގޮސް ދެމީހެއްގެ ފައި ބިނދި އަނެއް މީހާގެ ކަކުލަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު މީހާއެވެ. އަނެއް ތިން މީހުން އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެންދިޔުމަށް ފުރާފައެވެ. ފުލުހުން ވިދާޅުވާ ގޮތުގައި އެމީހުން މިރޭ 20:45 އާއި 21:00 ހާއިރު މާލެ ގެނެވޭނެއެވެ.