އ.ދ މާމިނގިލި އެއާޕޯޓްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މާމިނގިލީގައި އިންނަ ވިލާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ފަޔަރ ލޯރީ އެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި އެއަރ ފަޔަރ ގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި ކަމަށްވެސް ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ބޯފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބޭއިރު، އަނިޔާވި ދެން ތިބި ތިން މީހުންގެ ފައި ބިންދައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިހާރު އެ ހަތަރު މީހުންނަށް ވެސް ދަނީ މާމިނގިލީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންނެވެ. އަދި އެމީހުން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މިދުވަސްކޮޅަކީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ވެފައިވާ ދުވަސްވަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *