ކުޅިވަރު
ޕީއެސްޖީ ލީގު ކާމިޔާބުކުރުމާ ގާތަށް

ފްރެންޗް ލީގުގައި ލޮރިއޯން ބަލިކޮށް، ޕީއެސްޖީ އިން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.

ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ކުރިހޯދައިދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. އޭގެ ތިން މިނެޓު ފަހުން ކީލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި ފަރަގު ބޮޑުކޮށްދީފަ އެވެ.

ދެވަނަ ހާފު ފެށިގެން 15 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. މެޗަށް އެނބުރި އައުމަށް ކުރި މަސައްކަތުން، ލޮރިއޯން އަށް ފަރަގު ކުޑަކުރެވުނީ 73 ވަނަ މިނެޓުގައި މަމްބާ ޖެހި ލަނޑާއެކު އެވެ. ނަމަވެސް 90 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ފުޅާކޮށްފަ އެވެ.

މި މޮޅާއެކު ޕީއެސްޖީ އިން ވަނީ ކުޅުނު 30 މެޗުން 69 ޕޮއިންޓު ހޯދާފަ އެވެ. ދެވަނައިގައި އޭއެސް މޮނާކޯ އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. ލީގު ކާމިޔާބުކުރުމަށް ޕީއެސްޖީ އަށް ބޭނުންވަނީ އެންމެ މޮޅެކެވެ.

ޕީއެސްޖީން ވަނީ ބާސެލޯނާ ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުންވެސް ފުރުސަތު ހޯދާފަ އެވެ. ސެމީގައި އެ ޓީމު ނިކުންނާނީ ޖަރުމަނުގެ ޑޯޓްމަންޑް އާ ދެކޮޅަ ށެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top