އެޗްބީއޯގެ ފަރާތުން ގެނެސްދޭ އެންމެ ކާމިޔާބު އެއް ސީރީސްކަމަށްވާ، ގޭމް އޮފް ތްރޯންސް ގެ އެންމެ ބޮޑު ހަނގުރާމައިގައި ނައިޓް ކިންގް މަރާލި ބަޠަލާއަކަށް އާރްޔާ ސްޓާކް ވުމުން ފޭނުން ވަރަށް ބޮޑު ހައިރާން ކަމެއްގެ ތެރެއަށް ގޮސްފިއެވެ.

ގޭމް އޮފް ތްރޯންސްގެ 8 ވަނަ ސީޒަން އާ ހަމައަށް އައި އިރުގައި އެންމެން ވެސް ތައްޔާރުވަމުން އައި އެންމެ ބޮޑު ހަނގުރާމަ ކަމަށްވާ، ދިރިތިބި މީހުންނާއި އާރމީ އޮފް ޑެޑްގެ ހަނގުރާމައިގައި އާރްޔާ ކުޅެދިނީ ވަރަށް މުހިންމު ދައުރެކެވެ. މި ގޮތުން ނައިޓް ކިންގ މަރާލައި މުޅި ދުނިޔެ ދިރިހުރި އެންމެން ސަލާމަތް ކޮށްދިން ފަރާތަކަށްވެސް ވީ އާރްޔާއެވެ.

ގިނަ ފޭނުން އުންމީދުކުރަމުން އައި ގޮތުން ނައިޓް ކިންގ މަރާލައި ދުނިޔެ ސަލާމަތްކުރުމުގެ ލަގަބު ހޯދާނީ ގޭމް އޮފް ތްރޯންސްގެ އެންމެ މަޝްހޫރު އެއް ބަޠަލް ކަމަށްވާ  ޖޮން ސްނޯ ކަމަށެވެ.

ގޭމް އޮފް ތްރޯންސް ގެ ސްކްރިޕްޓް ލިޔުންތެރިންގެ ބައެއް މީހުން ބުނިގޮތުން ޖޮން ސްނޯއަށް އެ ފުރުސަތު ނުދިން މައިގަނޑު ސަބަބަކީ ފޭނުން ސިއްސުވާލުމަށާއި ހައިރާންކޮށްލަން ބޭނުންވުމެވެ.

އެމީހުން ބުނިގޮތުން މީގެ 3 އަހަރު ކުރީއްސުރެ ގޭމް އޮފް ތްރޯންސްގެ ޓީމްއަށް އެއްކޮށް މި ޚަބަރު އެނގެއެވެ. އެންމެންވެސް ތިބީ އޮޅިގެން ނަމަވެސް އެވާހަކަ ބުނެވިދާނެ ކަމުގެ ބިރުގެ މަތީގައެވެ.

އެ ހަނގުރާމައިގައި އާރްޔާ ވަނީ ގިނަ އަދަދެއްގެ ދުޝްމަނުންނާ ހަނގުރާމަކޮށް އޭނާގެ އުކުޅު ދައްކުވާލައިފައެވެ. ބައެއް މީހުން ދެކޭ ގޮތުގައި މުޅި ހަނގުރާމައިގައިވެސް އާރްޔާ ދެއްކިވަރުފެ ޕާފޯމެންސެއް ދެއްކި ތަރިއަކު ވަރަށް މަދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *