ހިތުގެ މައްސަލަތައް ޖެހިގެން މަރުވުމަކީ މުޅި ދުނިޔޭގައިވެސް ނިސްބަތުން އެންމެ ގިނައިން ޒުވާނުން މަރުވާ އެއް ސަބަބެވެ. މި ގޮތުން ބަލާއިރު ސްޓްރޯކްތައް ޖެހިގެން މަރުވުމާއި ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުން ވަރަށް ގިނައެވެ. އެމެރިކާއަށް ބަލާ ނަމަ އެ ގައުމުގައި އެންމެ ގިނައިން މީހުން މަރުވަނީ ހާޓް އެޓޭކް ޖެހުމުގެ ސަބަބުންނެވެ. އަދި ސްޓްރޯކް ޖެހިގެން މަރުވުމަކީ އެ ގައުމުގައި ފަސްވަނައަކަށް އެންމެ ގިނައިން މީހުން މަރުވުމަށް ދިމާވެފައިވާ ސަބަބެވެ.

މި މައްސަލަތައް ޖެހުމުގެ އެންމެ ބޮޑު އަސްލަކީ ހިތުގެ ސިއްހަތު ދުޅަހެޔޮކަން މަތީގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކަށީގެންވާ މިންވަރަށް ނުކުރެވުމެވެ. ތިބާ ދިރިއުޅޭ ގޮތަކީ ތިބާ ހުރިހާ ކަހަލަގެ ބައްޔަކުންވެސް ދިފާއުވާ ލައިފްސްޓައިލަކަށް ހަދަން ވާނެއެވެ. އެފަދައިން ސިއްހަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ކުރެވެން ހުރި މަސައްކަތްތައް ކުރުމަކީ މީހާގެ އަމިއްލަ ޒިންމާއެކެެވެ.

ހިތުގެ ސިއްހަތު ރަނގަޅަށް ދެމަހައްޓައި، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުން ދުރުވުމަށް އަންނަނިވި ކަންކަން ހުރުން މުހިންމެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

ގަވާއިދުން ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށް އެކަމުން ދުރުވުން ވާނީ ވަރަށް ދަތިކަމަކަށެވެ. ނަމަވެސް ހާޓް އެޓޭކްއާއި ސްޓްރޯކް ޖެހުމުން ދުރުހެލިވާން ބޭނުންނަމަ ދުންފަތް އިސްތިއުމާލުކުރުމުންނާއި ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަނުން ދުރުވެގަތުމަކީ މުހިންމުކަމެކެވެ.

ނިއުޓްރިޝަން ތަކުން މުއްސަނދިވެފައިވާ ކާނާ ކެއުން

ކެއުމުގައި ސިއްހަތަށް ފައިދާހުރި ޑައެޓެއް ގެންގުޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ވަރަށް ބުއްދިވެރިކަމެކެވެ. މިއީ ފަށައިގަންނަ އިރުގައި އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ގިނަ ދުވަސް ވާވަރަކަށް މި ޑައެޓަށް ހޭނުމަށްފަހު އެކަންތައް ވަރަށް ފަސޭހަވާނެއެވެ. މިގޮތުން ފައިދާހުރި ނިއުޓްރިޝަންތައް އެކުލެވޭ ކާން ޖެހެއެވެ. އޭގެ ތެރޭގައި ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ ތެރެއިން ގިނައިން ވިޓަމިންސްއާއި މިނަރަލްތައް އެކުލެވޭ ތަކެތި ކެވިދާނެއެވެ.

ގަވާއިދުން ކަސްރަތުތައްކޮށް ހެލިފެލިވެ އުޅުން

ސިއްހަތަށް ފައިދާހުރި ޑައެޓެއް ކުރިއަށް ގެންދިޔުމަކުން މީހާގެ ސިއްހަތު އެއްކޮށް ރަނގަޅު ނުވަތަ ދެޅަހެޔޮވީ ކަމަށް ބަލައިގެން ނުވާނެއެވެ. ކާ ވަރާއި އެއްވަރަށް ކޮންމެ ދުވަހަކުވެސް ކަސްރަތުކޮށް ހެލިފެލިވެ އުޅެން ޖެހޭނެއެވެ. މި ގޮތުން ދިރާސާތަކުން ދެއްކި ގޮތުގައި ހަފްތާއެއްގެ މަތިން 150 މިނެޓް ވަންދެން ކަސްރަތު ކުރުމަކީ ކޮލެސްޓްރޯލްތައް ހެޔޮވަރުކޮށްދީ، ހިތުގެ ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޮޑު އެހީއެއް ވެދޭނެ ކަމެކެވެ. މިއީ އެހައި އުނދަގޫ ކަމަކަށް ނުވި ނަމަވެސް މީގެ ނަތީޖާ ނިކުތުން އެކަށީގެންވަނީ ވަރަށް ފޮނި ގޮތަކަށެވެ.

އެކަށީގެންވާ ބަރުދަނެއް ބެހެއްޓުމަށް ސަމާލުކަން ދިނުން

އޮބީސިޓީ ނުވަތަ އާދަޔާ ޚިލާފަށް ފަލަވުމަކީ އިންސާނުންގެ ތެރޭގައި ވަރަށް ޢާންމުކަމެކެވެ. މިކަން ވަކިން އަމާޒުވާ އުމުރުފުރައެއްވެސް ޖިންސެއްވެސް ނެތެވެ. އާދަޔާ ޚިލާފަށް ފަަލަވުން ނުވަތަ ބަރުދަން އިތުރުވުމަކީވެސް ހިތުގެ ބަލިތައް ޖެހުމަށް މެދުވެރި ކުރުވާނެ ކަމެކެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށްޓަކައި ކުރަން ޖެހޭ ކަސްރަތުތައް ކޮށް، ކަންތައްތައް ކުރުމަކީ ކޮންމެ މީހެއްގެ ބޮލުގައިވެސް އެޅިފައި އޮތް ބޮޑު މަސްއޫލިޔަތެކެެވެ.

މިކަންކަމުގެ އިތުރުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް ކާން ބޭނުންވާ ކާނާތައް ކެއުމާއި ލޭ ދައުރުވުމުގެ ނިޒާމަށް ރަނގަޅު ކާނާ ކައި ކަންތައް ކުރުމަކީވެސް ތިމާގެ ހިތުގެ ސިއްހަތް ދުޅަހެޔޮކަން މަތީ ބެހެއްޓުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *