ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ރެކޯޑް އަދަދަކަށް ވަޒީފާ އިތުރުކުރެވިފައިވާ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުން މިދާ ބައިނަލްއަގްވާމީ މަަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒަޢާމަތުގައި ރާއްޖޭގައި ރެކޯޑް އަދަދަކަށް ވަޒީފާ އިތުރު ކުރެވިފައިވާ ކަމަށާއި، އަދި ދިވެހި ރާއްޖޭގައި މަސައްކަތްތެރިން އުފެއްދުމަށް އެމަނިކުފާނު ވަރަށް ގިނަ މަަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ،  ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުންފުނިތައް އުފެދި، އާވަޒީފާތައް އުފެދި، ތަފާތު އެކި ސިނާޢަތްތަކުން ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދީފައިވާ ކަމަށާއި، އާމްދަނީ އިތުރު ކުރާނެ އެތައް ދޮރުތަކެއް ހުޅުވައިދެއްވި ކަމަށެވެ.

ޕީއެންސީން ވަނީ މިސަރުކާރުގައި މީހުން ކަމަކާއި ނުލައި ސިޔާސީ ބޭނުންތަކަށް ވަޒީފާއިން ކަނޑާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ކުރިއަށް ގެންދާ ބިރުދެއްކުމުގެ އަމަލުތައް ވަނީ ހަރުކަށިކޮށް ކުށްވެރިވެސް ކުރައްވާފައެވެ. 

މީގެ އިތުރުން ޕީއެންސީން ވަނީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށް މިހާރު އޮތް ސަރުކާރަށް ގޮވާލާފައެވެ.

ސަރުކާރުން ވަޒީފާގެ ފުރުސަތު 5 މަސް ދުވަހުގެ ތެރޭގައި އިތުރުކުރާނެ ކަމަށް ވައުދުވި ނަމަވެސް އެ ވައުދު ފުއްދަން އެއްވެސް މަަސައްކަތެއް ކޮށްފައިނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ވަނީ، މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ މަަސައްކަތްތެރިންނަށް އަރިސްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *