މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިއްޔާ ނައިބު ރައީސް ފައިސަލް ނަސީމު ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކޮށްފިއެވެ.

ނައިބު ރައީސް ފައިސަލް، މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ފައިސަލް ނަސީމް ވިދާޅުވީ، ގައުމެއް ކުރިއަރައިދިޔުމުގެ އަސްލަކީ އެ ގައުމެއްގެ މަސައްކަތްތެރިންގެ ޚިދުމަތް ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތަކީ ހައްގުގޮތުގައި އެންމެންނަށް ލިބިދޭން ޖެހޭ ހައްގެއް ކަމުގައިވެސް ނައިބު ރައީސް، ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.

"މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުން އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރަން. ޤައުމެއް ކުރިއަރައި ދަނީ ހީވާގި މަސައްކަތްތެރިންގެ މަތިވެރި ޚިދުމަތުންކަން ކަށަވަރު. ވަޒީފާގެ ފުރުސަތު ހައްގު ގޮތުގައި އެންމެންނަށް ލިބިދޭން ޖެހޭ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ނަސީމް މަސައްކަތްތެރިންގެ ޚިދުމަތްތައް ސިފަކުރައްވާފައިވަނީ "މަތިވެރި" އެއްޗެއްގެ ގޮތުގައެވެ.

މިއަދުގެ މަސައްތެރިންގެ ދުވަހުގެ (މޭޑޭގެ) ތަހުނިއްޔާ ސަރުކާރުގެ ގިނަ އަދަދެއްގެ އިސްބޭފުޅުން އަދާކުރަމުން އަންނަ އިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް މަސައްކަތްތެރިންނަށް މިދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ. މިގޮތުން ރައީސްގެ ޓްވީޓްގައި ވަނީ މޭޑޭ އާއި ދިމާކޮށް މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދެވޭނެ އުޖޫރައިގެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި ފިޔަވަޅުތައް އަޅަން ފަށައިފައިވާ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *