ދިވެހި ރާއްޖޭގެ ފުރަތަމަ ފަހަރަށް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މަަސައްކަތްތެރިންގެ ދަފްތަރު މިއަހަރުގެ ތެރޭގައި އެކުލަވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން މިގެންދާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި، އެބޭފުޅާ ވިދާޅުވީ، ﷲ ގެ އިރާދަފުޅުން ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފުތަރު މިއަހަރު ތެރޭގައި އެކުލަވާލޭނެ ކަމަށެވެ.
"ﷲ ގެ އިރާދަފުޅުން، ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފުތަރު މި އަހަރު ތެރޭ އެކުލަވާލާނަން" ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅިއެވެ.
އަލީ ވަހީދު ވަނީ އެބޭފުޅާގެ ޓުވީޓުގައި ވަނީ، މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ހީވާގި މަސައްކަތްތެރިންނަށް އަރިސް ކުރައްވާފައެވެ.