މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްއިން މިއަދު އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތަކަށް ބަލާ އިރު، ޓެކުހަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ 379 މިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާ އިރު ހަ އިންސައްތައިގެ އިތުރުވުމެކެވެ.

ބީއެމްއެލްއިިން ބުނީ އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓްވެސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އޮޕަރޭޓިން ޕްރޮފިޓް ވަނީ ހަތަރު އިންސައްތަ އިތުރުވެފައެވެ.

ބީއެމްއެލްއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކުންފުނިން ވަނީ އެކަށީގެންވާ މިންވަރަކަށް ލޯނު ދޫކޮށްފައެވެ. އެ ބޭންކުން ވަނީ ބޭންކުގެ ހިދުމަތް ފުޅާ ކުރުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ގދ. ތިނަދޫގައި ސެލްފް ސާވިސް ބޭންކިންގ ސިސްޓަމެއް ހުޅުވައިފައެވެ. އަދި އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ޖުމްލަ ފައިސާގެ ތެރެއިން ބޭންކުގެ ހިއްސާ ދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 129.17 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *