ސްރީ ލަންކާގައި މިދިޔަ ހަފްތާގައި ހިނގައިދިޔަ ނުރައްކާތެރި ހަމަލާތަކާއި ގުޅިގެން، ޒާކިރު ނައިކް ހިންގާ މުސްލިމުންގެ ޗެނަލެއްކަމަށްވާ ޕީސްޓީވީ ބްލޮކް ކޮށްފިއެވެ.
ސްރީލަންކާ ނޫސްވެރިކަމަށް ސަރުކާރުން ނެރުން ގާނުނެއްގައި ބުނެފައިވާ ގޮތުން އެ ގައުމުގައި ދީނީ ނަސޭހަތް ދިނުމާއި، ހައްދުފަހަނަ އަޅައި ދިއުމަށާއި ޓެރަރިޒަމްއަށް ބާރުއަޅާ ހުރިހާ ހަރަކާތެއް ކުރިއަށް ގެންދިޔުން މަނާކޮށްފައިވެއެވެ.
މި އެންގުމުގައި އެއްވެސް ދީނީ އިލްމުވެރިއަކު އެ ގައުމުގައި ދީނީ ނަސޭހަތްދިނުންވެސް ވަނީ މަނާކޮށްފައެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ ޓީވީތަކުން ޒާކިރު ނައިކް ހިންގާ، ވައުޟާއި, އިސްލާމް ދީނާއި ގުޅޭ ދީނީ ނަސޭހަތްތައް ދޭ ޗެނަލެއްކަމަށްވާ ޕީސްޓީވީ ވަނީ އެގައުމުން ނުދެއްކޭ ގޮތަށް އެގައުމުގެ ކޭބަލްތަކާއި ސެޓަލައިޓްތަކުން މަނާކޮށްފިއެވެ.
މީގެ ކުރިންވެސް އިންޑިއާފަދަ ބައެއް ގައުމުތަކުންވަނީ ޕީސްޓީވީ ދެއްކުން މަނާކޮށްފައެވެ.
ސްރީލަންކާ އިން އެ ގައުމުގައި ހިނގައިދިޔަ ބޮމުގެ ހަމަލާތަކާއި ގުޅިގެން ވަނީ މުސްލިމުންނާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅައިފައި ކަމަށް ފާހަގަކުރެވެއެވެ. މި ގޮތުން މޫނު ނިވާވާ ގޮތަށް ބުރުގާ އެޅުމާއި ބުރުގާ އެޅުމުގައި ކަންފަތް ދައްކައިގެން ބުރުގާ އެޅުންވެސް މަނާކޮށްފައެވެ.