ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގައި އިން ވަކިކުރި ހަ މީހަކަށް އަލުން ވަޒީފާ ދީފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ކުރިން ސޮއިކުރައްވާ އެ މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްތަކުގައި ވަނީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށާއި ވަކިކުރަން ނިންމީ އެ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑު މުރާޖަޢާކޮން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ މުވައްޒަފުން އަދާކުރަމުންދާ މަގާމުތައް އުވިފައިވާތީ ކަމަށެވެ. 

ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ފޮނުވާފައި ވަނީ ރީޖަނަލް އެއާޕޯޓްސްގެ ރަސްމީ އީމެއިލަކުން ނޫން ކަމަށާއި، ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފެއްގެ މެއިލްއަކުން ކަމަށް އެމުއައްޒަފުން ބުނެފައި ވެއެވެ. އަދި އެ ލިޔުމުގައި ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ސޮއިކުރައްވާފައި ވީނަމަވެސް، އެ ލިޔުމުގައި ކުންފުނީގެ ތައްގަނޑު ނެތްކަން އެ މުވައްޒަފުން އޭރު ވެސް ވަނީ ފާހަގަކުރައްވާފައެވެ. 

ރީޖަނަލް އެއާޕޯޓްސްއިން މުރާޖަޢާކޮން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށް ބުނެ އެ ހަ މީހުން ވަޒީފާއިން ވަކި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ދެ މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު އެފަހަރު ވަޒީފާއިން ވަކި ކުރީ އެ އެއާޕޯޓް ހުޅުވީއްސުރެ އެތަނުގައި އިސްމަގާމުތަކުގައި މަސައްކަތް ކުރަމުންދިޔަ ގދ. ތިނަދޫއަށް ނިސްބަތްވާ ހަތަރު މީހަކާއި ގދ. މަޑަވެއްޔަށް ނިސްބަތްވާ ދެ މީހެކެވެ. 

އެ ފަރާތްތަކަށް އަލުން ވަޒީފާ ދިނުމަށް ހަމަޖެހިފައިވާކަން އެންގި ލިޔުމުގައި ވެސް ސޮއިކުރައްވާފައި ވަނީ ސާމީ އަގީލްއެވެ. އެ ހަ މީހުންނަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އެ މީހުންނަށް ވަޒީފާ ދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އަންގައި ފޮނުވި ސިޓީގައިވާ ގޮތަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަޒީފާ ހަމަޖައްސާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *