އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާހިލް މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، މޭ ޑޭ އާއި ދިމާކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި، އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރަށް ލަފާ ދެއްވުމަށް "މުސާރައާއި އުޖޫރަ އާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑް" އެކުލަވައިލުމަކީ އެމަނިކުފާނަށް ލިބުނު ވަރަަށް ބޮޑު އުފަލެއް ކަމަށެވެ. 

ރައީސް މިއަދު އެކުލަވައިލެއްވި ލަފާދެއްވާ ކޮމެޓީ އާއި ބެހޭ ގޮތުން ޓުވީޓް ކުރައްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެޓް ފައްޔާޒް އިސްމާއިލް ވިދާޅުވީ، ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ އެ ބޯޑު ގައި އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންގެ ފަރާތުން 2 މެމްބަރަކު ހިމޭނެއެވެ. އަދި ސަރުކާރުގެ ފަރާތުން އެއް މެމްބަރަކު ބޯޑުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، އެ ބޯޑު މެދުވެރިކޮށް ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށެވެ.

މިނިމަމް ވޭޖްއަށް ލަފާދޭ ކޮމިޓީއެއް ހަމަޖައްސާފައިވާއިރު، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި ''ޕޭ ކޮމިޝަނެއް'' ވެސް ވަނީ އުފައްދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *