މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު އެލަޓްގައި ބުނެފައި ވަނީ، ހއ. އިން ފެށިގެން ބ އަތޮޅުގެ ރަށްތަަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35-40 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މެޓް އޮފީހުން އެ ސަރަހައްދަށް އެލާރޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން މެންދުރު ފަހު 13:00 އާއި ހަމައަށެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *