މި ސަރުކާރުން ހުރިހާ މަސައްކަތްތެރިން ގައުމަށްޓަކައި ކޮށްދޭ މަސައްކަތްތަކުގެ އަގުވަޒަން ކުރާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން ގެންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި ސަރުކާރުން ހުރިހާ މަސައްކަތްތެރިންވެސް ގައުމަށް އެ ކޮށްދޭ ހިދުމަތުގެ އަގުވަޒަން ކުރާ ކަމަށެވެ. އަދި ހުރިހާ މަަސައްކަތްތެރިންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދޭނެ ކަމަށާއި، ކުރާ މަސައްކަތާއި އެއްވަރުގެ އުޖޫރައެއް ހުރިހާ މަަސައްކަތްތެރިންނަށް ވެސް ދިނުމަށް ސަރުކާރުގެ ތެރެއިން މަަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއަދު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަމުން ގެންދާ މަަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އަންހެނުންނަށާއި އަދި ފިރެހެނުންނަށް ދުވަހުގެ ތަހުނިޔާ ކިޔުއްވާފައެވެ.