މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު، ލަންކާގައި ބޮމުގެ ހަމަލާ ދީ އެތައް ބަޔަކު މަރާލި މީހުންނާ ގުޅުން ހުރި ބަޔަކު އެ ގައުމަށް އިތުރު ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނެރަތުނަ ވިދާޅުވެއްޖެ އެވެ.

ސެނަރަތުނަ ވިދާޅުވީ، ދެން ދޭން އުޅޭ ހަމަލާތަކުގެ އަމާޒަކަށް މިނިސްޓަރުން ހަދާފައިވާކަމުގެ އިންޒާރު ލިބިފައިވާ ކަމަށާއި އެ ހަމަލާ ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވޭ އެތަށް ބަޔަކު ފިލައިގެން އުޅޭ ކަމަށެވެ.

ލަންކާއަށް އިތުރު ހަމަލާއެއް ދިނުމުގެ ބިރު އެބައޮތް ކަމަށް ހެލްތް މިނިސްޓަރުކަންވެސް ކުރައްވަމުން އަންނަ ސެނަތަރުނަ ވިދާޅުވެފައިވާއިރު، ލަންކާގައި އިތުރު ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އެމެރިކާ ސަފީރުވެސް އިއްޔެ ވަނީ ދެއްވައިފަ އެވެ.

"ޓެރަރިސްޓުންގެ ބިރު ލަންކާ އަށް އަދިވެސް އެބައޮތް. އީސްޓާ ސަންޑޭގައި ބޮން ގޮއްވި މީހުންނާ ގުޅުން އޮންނަ އެކްޓިވް ގްރޫޕްތައް ފިލައިގެން އަދިވެސް އެބައުޅޭ،" ސަފީރު އަލައިނާ ޓެޕްލިޒް ވިދާޅުވި އެވެ.

އީސްޓާ ސަންޑޭގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 253 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވިއެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 42 ބިދޭސީންވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *