އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕްގެ އަލަތު ފީޗާ ފިލްމު "ޝަރުމާ ޖީ ކީ ބޭޓީ" އަށް ފެހި ސިގްނަލް ދިނުމަށް ފަހު މަދޫރީ ޑިކްސިޓް އެ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ފިލްމް ޕްރޮޑިއުސް ކުރާ ފަރާތުންނެއް އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރަސްމީކޮށް ފިލްމަށް ސޮއިނުކޮށް، މަދޫރީ ފިލްމު ދޫކޮށްލީ ކުރިން ވާހަކަ ދެކެވުނު ގޮތަށް އެ ޕްރޮޖެކްޓާ ގުޅޭ ކަންކަން ކުރިއަށް ނުދާތީ އެވެ.

މިދިޔަ އަހަރު ފިލްމު އިއުލާން ކުރި ތަނާހެން ތާހިރާ އަށް އުރަމަތީގެ ކެންސަރު ޖެހިގެން، ފިލްމުގެ މަސައްކަތް ޖެހުނީ ކުރިން ރޭވި ގޮތަށް ނުގެންދެވިގެން ހުއްޓައިލާށެވެ. އެކަމަކު އޭނާ މިހާރު ހުރީ ބަލިން ފަސޭހަވުމުގެ އެންމެ ފަހު މަރުހަލާގަ އެވެ.

"ޝަރުމާ ޖީ ކީ ބޭޓީ" ގެ ކާސްޓްގައި ސައްޔާމީ ކޭރާއި ޓީވީ ބަތަލާ ސާކްޝީ ތަންވަރު ވެސް ހިމެނޭ ކަމަށްވެ އެވެ. އަދި މަދޫރީ ފިލްމު ދޫކޮށްލުމުން އެހެން ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *