އެރެކްނޮފޯބިއާ ނުވަތަ މަކުނު ދެކެ ބިރުގަތުމަކީ އެންމެ ޒަމާންވީ އަދި އެންމެ ޢާންމު ފޯބިއާއެވެ. މަކުނެއް ފެނުމުން އާދަޔާ ޚިލާފަށް ނުތަނަވަސްކަން އިހުސާސްކުރެވޭ މީހުންގެ އަދަދު ވަރަށް ގިނައެވެ. ސައިންޓިސްޓުން ވަނީ ގިނަ އަދަދެއްގެ ދިރާސާތައްކޮށް މަކުނުދެކެ ބިރު ގަންނަ ސަބަބުތަކާއި، އެފަދަ މީހުންގެ އަމަލުތައް ހުންނަ ގޮތް ހޯދައި ބަލައިފައެވެ.
މަކުނުދެކެ ބިރުގަންނަ ސަބަބުތައް
އެކި މީހުން މަކުނު ދެކެ ބިރު ގަންނަނީ ތަފާތު އެކި ސަބަބުތަކާއި ހުރެއެވެ. ބައެއް މީހުން މަކުނު ދެކެ ބިރު ގަންނަނީ ކުޑައިރު ނުވަތަ ކުރިންް މަކުނެއްގެ ސަބަބުން ކުރެވިފައި އޮތް، ބިރުވެރި ނުވަތަ ހާސްވާ ތަޖުރިބާއެއްގެ ސަބަބުންނެވެ. އަނެއްބައި މީހުން މަކުނު ދެކެ ބިރު ގަންނަނީ އެހެން މީހުން ބިރުގަންނާތީއެވެ. އަދި ބައެއް މީހުން މަކުނު ދެކެ ބިރުގަތުމުގެ ސަބަބަކަށް، އެ ކަށިޖަހައިފާނެއޭ ހިތަށް އެރުން ނުވަތަ އެ ދުވާ ބިރުވެރިވުންވެސް ހިމެނެއެވެ.
މަކުނުދެކެ ބިރު ގަންނަ މީހުންގެ ފަރާތުން ފެންނާނެ ބައެއް ކަންކަން
މަކުނު ފެނުމުން، ނުވަތަ މަކުނު ވެހާ ފެނުމުން ނުވަތަ ޚިޔާލަށް ގެނައުމުންވެސް ބައެއް މީހުންނަށް ގޮތްގޮތްވެއެވެ. ކުޑައިރުއްސުރެ މަކުނު ދެކެ ބިރުގަންނަ މީހަކު ނަމަ، އަބަދުވެސް އެ ބިރު މީހެއްގެ ކިބައިގައި ހަރުލާފައި ހުންނަ ފަހަރުތައް ވަރަށް ގިނައެވެ. މިގޮތުން މަކުނުދެކެ ބިރު ގަންނަ މީހުންނަށް ވާ ގޮތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް ބަޔާން ކޮށްލަމެވެ.
- ހިތުގެ ވިންދު އަވަސްވުން
- ބޯ އެނބުރުން
- ހަށިގަނޑު ފިނިވުން ނުވަތަ ހޫނުވުން
- ކޮންޓްރޯލުން ނެއްތެން އުޅޭހެން ހީވުން
- މޭމައްޗަށް ތަދުވުން
- ހީބިހި ނެގުން
- ތުރުތުރުލުން
- މަރުމަތިން ހަނދުމަވުން
- ހޮޑުލެވުން
- ދާހިއްލުން
- ނޭވާ ހާސްވުން
- ކަރު ބެދޭހެން ހީވުން
- އައްސިގަނޑެއް އެރުން
ބައެއް މީހުންނަށް މަކުނުގެ ސިފަ ނުވަތަ ހަނދާނެއް ޚިޔާލަށް ގެނެވުނަސް މިފަދަ ކަންކަން ދިމާވެއެވެ.