އަމީނީ މަގު އެވިޑް ކޮލެޖު ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ ފައި ބިދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އަމީނީ މަގު އެވިޑް  ކޮލެޖު ކައިރިން ކާރަކާއި ސައިކަލެއްޖހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންް އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

"ޖަޒީރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 11:00 ކަންހާއިރުއެވެ. އަދި އެކްސިޑެންޓްވި ސައިކަލުގައި ދެމީހުން ތިބި އިރު ބޮޑެތި އަނިިޔާތަކެއް ވެފައިވަނީ ސައިކަލު ދުއްވަން އިން އަންހެންމީހާއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.