ގޭސްޓްރިކް ވުމަކީ ދިވެހިންގެ ތެރޭގައިވެސް ޢާންމު އުނދަގުލެކެވެ. ގޭސްޓްރިކް ވުމަކީ ހަގީގަތުގައި ވަރަށް ވޭންހުރިކަމެކެވެ. ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނަމަވެސް ގޭސްޓްރިކްގެ އުނދަގޫ ތަހައްމަލުކުރި މީހަކަށް ނަމަ މިއީ ހަގީގަތެއްކަން އެނގޭނެއެވެ. ގޭސްޓިރިޓިސް އަކީ ބަނޑުގެ ބޭރު ފަށަލައަށް ދިމާވާ އިންފްލެމޭޝަންއެކެވެ. ގޭހުގެ އުނދަގޫ ދިމާވާން މެދުވެރި ކުރުވާ ސަބަބުތައް ބައިވަރެވެ. އަދި ގޭހުގެ އުނދަގޫވާ ނަމަ ފެންނާނެ އަލާމާތްތަކުގެ އަދަދުވެސް އެހާމެ ގިނައެވެ.

ގޭސްޓިރިޓިސްގެ ދެވައްތަރެއް ހުރެއެވެ. އެއީ އެރޯސިވް ގޭސްޓިރިޓިސް އާއި ނޮން-އެރޯސިވް ގޭސްޓިރިޓިސް އެވެ.

ގޭސްޓްރިކްވާން ދިމާވާ މައިގަނޑު ސަބަބަކީ ބަނޑުގެ ބޭރު ފަށަލައިގައި އެޗް ޕައިލޮރީ އިންފެކްޝަން އުފެދުމެވެ. ނަމަވެސް ބައެއް ފަހަރު މީހުންގެ ދިފާއީ ނިޒާމު މިނަށްވުރެ ބާރުދެރަވުމުން ވެސް ގޭސްޓްރިކް ގެ އުނދަގޫ ދިމާވެއެވެ. 

ގޭސްޓިރިޓިސް ހުންނަ ނަމަ ފެންނާނެ ބައެއް އަލާމާތްތައް

  1. ބަނޑުތެރެ އަނދާހެން ހީވުން
  2. ބަނޑަށް ތަދުވުން
  3. ހަޖަމް ނުކުރެވުން
  4. މޭ ނުބައިކުރުން
  5. ހޮޑުލެވުން
  6. ކާ ތަން އިރުކޮޅެއް ފަހުންވެސް ބަނޑުހައިވުން

ގޭސްޓްރިކް ހުންނަ ނަމަ ކާންވީ ބައެއް ކާނާ

  1. ޔޯގަޓް
  2. އާފަލު
  3. ޒައިތޫނި
  4. މާމުއި
  5. ކެރެޓް

ގޭސްޓްރިކް ހުންނަ ނަމަ ބޭނުންކުރަން ނުވާ ބައެއް ކާނާ

  1. ކޮފީ
  2. ޗޮކްލެޓް
  3. ކަޅު ސައި
  4. އޮރެންޖު ޖޫސް
  5. ކުޅި ކާނާ
  6. ޑެއިރީ އުފެއްދުންތައް
  7. ޓޮމާޓޯ ނުވަތަ ޓޮމާޓޯ އެކުލެވިގެންވާ ކާނާ
  8. ކޯކު ފަދަ ވައި އެކުލެވޭ ބުއިންތައް
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *