ފައިގެ ނުވަތަ ތިރީ ހަށިގަނޑުގެ ބައްޓަން ރީތި ކުރުމަށް ކޮންމެ އަންހެނަކުވެސް ބޭނުނަވާނެއެވެ. އެއީ އެހައި އުނދަގޫ ކަމެއްވެސް ނޫނެވެ. ގިނަ މީހުންނަށް ކުރެވިފައި އޮންނަ ކުށްހީ އަކީ، ރީތި ހަށިގަނޑެއް ލިބުމަކީ ބައެއް މީހުންނަށް ލިބިފައިވާ ނަސީބަކެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ މުޅި ބައްޓަން ބަދަލު ކޮށްލެވިދާނެއެވެ. ހަމައެކަނި ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ގަވާއިދުން ކަސްރަތު ކުރުމެވެ. ބައެއް މީހުންނަށް އެމީހުންގެ "ނަސީބު ގަދަކަމުން" ރީތި ހަށިގަނޑެއް ލިބިފައިވި ނަމަވެސް، އަމިއްލައަށް މަސައްކަތް ކޮށްގެން ރީތި ބައްޓަމެއް ހާސިލްކުރެވުމުން ހިތަށް ލިބޭ ހަމަޖެހުން މާ ބޮޑެވެ.

ފައިގެ ބައްޓަން ރީތި ކުރަން ބޭނުން ނަމަ ގޭގައި ހުރެވެސް ކަސްރަތުތައް ޖެއްސިދާނެއެވެ. ނަމަވެސް "ވާމް އަޕް" ނުކޮށް، "ސްޓްރެޗް" ނުކޮށް ކަސްރަތު ކުރުމަކީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ، ވާމް އަޕްވެ، ސްޓްރެޗް ކުރުމުން މަސްގަނޑުތައް ހުންނާނީ އެކްޓިވްވެ، ހޫނުވެފައެވެ. އަދި އެފަދައިން މަސްގަނޑުތައް ހޫނު ނުވަނީސް ކަސްރަތުތައް ކުރުމުގެ ސަބަބުން ކަކުލުގެ ކަށިގަނޑަށާއި، ހަށިގަނޑަށް ގެއްލުންތައް ވާނެއެވެ. އެހެންކަމުން ކަސްރަތުކުރަން ފެށުމުގެ ކުރިން، ދުވެލައި، ދާހިތްލުވާލައި، މަސްގަނޑުތައް ހޫނުކޮށްލުން މުހިންމެވެ. 

ފައިގެ ބައްޓަން ރީތިކުރަން ޖައްސާނެ ކަސްރަތުތައް

ސުމޯ ސްކޮޓްސް

  • ފުރަތަމަ ދެފައިތިލަ ދެކޮނޑުގެ ދުރުމިންނަށްވުރެ ކުޑަ ތަންކޮޅެއް އިތުރު ދުރުމިނެއްގައި ބަހައްޓައި ކޮޅަށް ހުންނާށެވެ. ދެފައިތިލަ ބަހައްޓަން ވާނީ ސީދަލަކަށް ނޫނެވެ. ތަސްވީރުގައި ދެއްކިވައިވާ ފަދައިން، ކޮންމެވެސް ވަރަކަށް  އަރިކޮށް ބަހައްޓާށެވެ.
  • އެއަށްފަހު ފައިތިލަ އިންގޮތަށް ބަހައްޓައިފައި، ކަކޫ ގުދުކޮށް އިށީންނަން އުޅޭށެވެ. މިގޮތަށް ކަންތައް ކުރާ އިރު ބަރިކަށި އިންނަން ވާނީ ސީދަލަށެވެ. 
  • މިގޮތަށް ތިރިވާ ކޮންމެ ފަހަރަކީ 1 ކަމަށް ބަލައި 10 ހަމަކުރާށެވެ. ދެން މިފަދައިން 3 ފަހަރު ތަކުރާރު ކުރާށެވެ.

ޖަމްޕް ސްކޮޓް

  • ފުރަތަމަ ސްކޮޓް ޖެއްސިއިރު ހުރި ޕޮޒިޝަންގައި ކޮޅަށް ހުންނާށެވެ.
  • ދެން ސްކޮޓް ޖައްސާފަދައިން ތިރިވާށެވެ. މިފަހަރު ބުރިކަށިބައިންދަން ޖެހޭނީ ސީދަލަށެއް ނޫނެވެ. ތިރިވުމަށްފަހު ކޮންމެ ފަހަރަކު ދެފައި ކައިރިކޮށް، މައްޗަށް ފުންމާލާށެވެ.
  • މިފަދައިން ކަަންތައް ކުރެވޭ ކޮންމެ ފަހަރަކީ1 ކަމަށް ބަލައި، 10 ހަމަކުރާށެވެ. 3 ފަހަރު މިފަދައިން ތަކުރާރު ކުރާށެވެ.

ސައިޑް ލެގް ރެއިސް

  • ފުރަތަމަ ތަސްވީރުގައި ދައްކާފައިވާ ފަދައިން، އަރިއަކަށް އޮށޯންނާށެވެ. މިހެން އޮންނަ އިރު ބިމާއި ދިމާލުން އޮންނަ އަތް ބޮލުގައި ވިއްދުމަށްފަހު އަނެއް އަތް ބިމުގައި ވިއްދާށެވެ.
  •  ދެން ހަށިގަނޑުގެ އެހެން ގުނަވަނަކުން ހަރަކާތްނުކޮށް މައްޗާ ދިމާލުން އޮތް ފައި 90 ޑިގްރީއަށް، ނެގުން އެންމެ މައްޗަކަށް ނަގާށެވެ. 
  • މިހެން ކޮންމެ ފައެއްވެސް 15 ފަހަރު ނަގާށެވެ. ކޮންމެ ފައެއްގެ ވެސް 15 ހަމަ ކުރުމަށްފަހު އަނެއް ފައެއްގެ 15 ހަމަކުރާށެވެ. 
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *