މަލޭގެ ފިހާރަތަކުން ފެން ވިއްކުން ކޮންޓްރޯލްކޮށްފިއެވެ. ބޯ ފެނުގެ ސަޕްލައި ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަަބުން ފިހާރަތަކުން ފެން ވިއްކުން ކޮންޓްރޯލްކޮށްފައިވާ އިރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ބޯފުނުގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައެވެ. 

ބައެއް ވިޔަފާރިވެރިން ހާމަކުރާ ގޮތުގައި ފެން ވިއްކުމުގައި ކޮންޓްރޯލްކޮށްގެން ފެންވިއްކަން ޖެހެނީ އެންމެނަށް ހަމަހަަމަކޮށް ފެން ލިބޭނެ ގޮތެއް ހަމަޖެއްސުމަށެވެ. 

ފާއިތުވި ދެތިން ދުވަހު ވަރަށް ގިނަ ފިހާރަތަކުން ފަސް ލީޓަރުގެ ފެން ވަނީ އެއްކޮށް ހުސްވެފައެވެ. އެއަށް ވުރެ ކުދި ފުޅިތަކުގެ ފެން ވިއްކަމުން ގެންދަނީ ވެސް ކޮންޓްރޯލް ކޮށްގެންނެވެ.

މި ދުސަވަރުގެ ގަދަ ހޫނުން ރައްކާތެރިވެ ތިބުމަށާއި ގިނަ އިން ފެން ބުއިމަށް ހެލްތް ޕްރެޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮންމެ އަހަރު ވެސް މާރިޗް އަދި އެޕްރީލް މަހަކީ ރާއްޖެ އަށް އެންމެ ހޫނު ގަދަ ދުވަސް ވަރެކެވެ.

ރާއްޖެއަށް މިދުވައްކޮޅު އަދާހިލާފަށް ހޫނު ގަދަވެފައިވާއިރު ވޭރާ ނުވެހި ގިނަ ދުވަސްވެފައިވާތީ ސަރުކާރުން ވަނީ ހޯމަދުވަހުގައި އިސްތިސްގާނަމާދު ކުރަން ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.