ލ. ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުގެ ޑިވައިޑާގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭ 1:30 ހާއިރު ހިނގި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން 29(އ) ފިރިހެންމީހާއަށާއި، ސައިކަލް ފަހަތުގައިން 27(އ) އަންހެން މީހާއަށް ވަނީ އެކިވަރުގެ އަނިޔާތަށް ވެފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި  އަންހެންމީހާގެ މޫނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. 

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ ދެމީހުންނަށްވެސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށާއި، އަނިޔާގެ ތަފްސީލު އެނގޭނީ އެކްސްރޭވެސް ނެގުމަށްފަހުގައި ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުގައި ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *