މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ގެސްޓް ހައުސް އެއް ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައާއި ގުޅިގެން އިތުރު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގައި ފިލި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ކޯޓް އަމުރެއްގެ ދަށުން މިރޭ އަށެއް ޖަހާކަށް ހާއިރު ހައްޔަރު ކޮށްފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ، އުމުރުން 33 އަހަރުގެ ފިރެހެނެއް ކަމަށާއި އެމީހާ ހައްޔަރު ކުރީ މާލެއިން ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ، މާފަންނުގައި ހުންނަ ގެސްޓް ހައުސް އެއް ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑަށް، އެވަގުތު އެހިސާބު ޕެޓްރޯލު ކުރަން ތިބި ފުލުހުން ވަނީ، އެ ގެސްޓް ހައުސް ތެރެއަށް ވަދެ އެ އަންހެން މީހާ ސަލާމަތް ކޮށްފައި އެވެ. އެ އަންހެން މީހާ ރޭޕް ކުރަން މަސައްކަތް ކުރި މީހުންގެ ތެރެއިން ދެމީހުން ހައްޔަރު ކޮށްފައިވަނީ ފިލަން އުޅެނިކޮށެވެ. އޭގެ ތެރެއިން އެކަކު ގެސްޓް ހައުސް ތެރެއިން ހައްޔަރު ކުރި އިރު ދެން ހައްޔަރު ކުރި މީހާ ހައްޔަރު ކޮށްފަައިވަނީ، ފިލަން އުޅެނިކޮށް މަގުމަތިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.