މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ކެމްޕޭނު ކުރަން ބޭނުން ކުރި ސާމާނުތައް މަގުމަތިން ދެހަފްތާ ތެރޭ ނުނަގައިފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، އިންތިހާބު ނިމޭތާ ދެހަފްތާ ތެރޭ ކެމްޕޭނު ކުރަން ގެންގުޅުނު ސާމާނުތައް މަގުމަތިން ނަގާ ގޮތަށް ހުރިހާ ކެންޑިޑޭޓުންނާއި އެކު އެގްރިމެންޓެއްގައި ސޮއެ ކޮށްފައި ވާނެ ކަމަށާއި އަދި ހުރިހާ ކެންޑިޑޭޓުންވެސް އެގްރިމެންޓަށް ތަބާވުމަކީ ސިޓީ ކައުންސިލްގެ އެދުމެއް ކަމަށެވެ.

ޝިފާ އިތުރަށް ވިދާޅުވީ، ބައެއް ކެންޑިޑޭޓުން ކެމްޕޭނު ކުރަން ބޭނުންކުރި ސާމާނުތައް ނަގާފައިވާ ކަން ވަރަށް އުފަލާއި އެކު ފާހަގަ ކޮށްލާ ކަމަށާއި، އަދި ކެމްޕޭނު ސާމާނުތައް ނުނަގައި ތިއްބެވި ކެންޑިޑޭޓުންވެސް އެގްރިމެންޓް ގައި ވާ މުއްދަތު ހަމަވުމުގެ ކުރިން ކެމްޕޭނު ސާމާނުތައް ނެގުމަށް ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.