އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން އައްޑޫގެ މަސްވެރިންނަށް އައިސް ލިބޭ އިންތިޒާމުތައް މިފްކޯއިން ހަމަޖައްސަވައިފިއެވެ.
ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް ޕްލާޓުން މިއަދުން ފެށިގެން އައިސް ލިބޭނެ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.
ކުރިން އައްޑޫގެ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ އައްޑޫ ކައިރިން މަސް ފިނި ކުރާނެ އައިސް ނުލިބުމުގެ ޝަކުވާއެވެ. ނަމަވެސް ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް ޕްލާޓުންނާއި ހިތަދޫގައި ހުންނަ އައިސް ޕްލާންޓުން އައިސް ލިބޭނެ އިންތިޒާމު ތައް ހަމަޖެއްސުމުން މަސްވެރިންގެ އެ ޝަކުވާތަކަށް ވަނީ ނިމުމެއް އައިސް އެވެ.