ހާލުބޮޑުވި އަންހެނަކާއި ތުއްތު ކުއްޖަކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރިކަމާއެކު ހެލިކަޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ނޮދާން ކޮމާންޑުގެ އެހީތެރިކަމާއެކު މިއަދު މާލެ އަށް ގެނެސްދީފައި ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހާލު ބޮޑުވެގެން ފަރުވާދެމުން ދިޔަ އަންހެނަކާއި ތުއްތު ކުއްޖެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. 

ހާލު ދެރަވެގެން މާލެ ގެންދިޔަ 21 އަހަރުގެ އަންހެނާއާއި އެއް އަހަރުގެ ކުޑަ ކުއްޖާ މާލެ ގެންދެވުނީ މިއަދު މެންދުރުފަހު 1:00 ހާއިރުއެވެ. 

އެމްއެންޑީއެފް އިން މީގެ ކުރިންވެސް ވަނީ އާންމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.