ދެކުނު އެފްރިކާ އަދި ތުރުކީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދިނުމަށް އެހީތެރި ވެދޭނެ ބޭރުގެ ނޫސްވެރިން ހޯދަން އިއުލާން ކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އިން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދެކުނު އެފްރިކާ އަދި ތުރުކީ ހިސާބުގެ ގައުމުތަކުގައި އިޝްތިހާރު ކުރުމަށް ބޭރުގެ ނޫސްވެރިން ހޯދަމުން ދާ ކަމަށެވެ. އަދި މިކަމަށް ބޭރުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށްވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަނުން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިހާތަނަށް ފަސްލައްކައެއްހާ ފަތުރުވެެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.