ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް، އެމްއެންޑީއެފުން ހައްޔަރުކުރި ސްރީ ލަންކާގެ ދެ މަސްބޯޓްގައި ތިބި 21 މަސްވެރިން ދޫކޮށްލައިފިއެވެ.

ލަންކާގެ ނޫހަކުން ބުނެފައިވާ ގޮތުގައި، އެ ދެ މަސްބޯޓުން ހައްޔަރުކުރި 21 މީހުން ވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު އެމީހުންގެ ރަށަށް ގޮސްފައި ކަމަށެވެ.

ަމައުލޫމާތު ލިބޭ ގޮތުގައި، އެމަސްވެރިން ތައް ދޫކޮށްލީ، ރާއްޖޭގއ ސަރުކާރާއި އަދި ލަންކާގެ ސަރުކާރާއި ދެމެދު މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގައި ރާއްޖޭގެ އިގްތިސަަދީ ކަނޑުގެ ސަރަހައްދުން އަތުލައިގަން ލަންކާގެ ދެ މަސްބޯޓަކުން ވަނީ ޖުމްލަ 25 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ރާއްޖޭން ދޫކޮށްލާފައިވަނީ 21 މަސްވެރިންނެވެ. ބާކީ 4 މަސްވެރިން ދޫކޮށްނުލި ސަބަބެއް އަދި ސާފެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.