ހއ. ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަނު ފަށައިގެން، މާލެ އަދި ފިއްލައިދޫގައި ކުރިއަށް އެބެގެންދެއެވެ.
އިލެކްޝަނު ކޮމިޝަނުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހއ.ފިއްލަދޫގެ ކައުންސިލް ބައި އިލެކްޝަނުގެ ވޯޓް ލުން ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
ފިއްލާދޫގައި ބާއްވާ ބައި އިލެކްޝަނުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބަލާލުމަށް އިލެކްޝަނު ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު މުސްތަފާ ވަނީ ފިއްލަދޫ އަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މިޒިޔާރަތުގައި، އަހުމަދު މުސްތަފާ ވަނީ ވޯޓް ލުން ކުރިއަށް ދާ ގޮތް ބަލާލައްވާފައެވެ.
އަހުމަދު މުސްތަފާ ވަނީ އެރަށުން ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މަންދޫބުންނާއި އަދި ކައުންސިލަރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ.