ތިލަދުންމަތީގައި ހިންގާ ގެސްޓްހައުސްތަކާއި, ގެސްޓްހައުސް މާކެޓިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ މާކެޓިންގ ސެމިނާއެއް ހދ.ހަނިމާދޫގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

ތިލަދުންމަތީގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށާއި، ގެސްޓްހައުސް މާކެޓް ކުރުމުގައި ހަކަރާކްތެރިވާ ފަރާތްތައް ޚާއްޞަކޮށްގެން ބާއްވާ މި ސެމިނާގައި ހަރުުދަނާ ގޮތެއްގައި، ގެސްޓްހައުސް ހިންގުމަށް ބޭނުންވާނެ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް މި ސެމިނާ އިންތިޒާމްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން މި ސެމިނާ ތެރެއިން މާކެޓިންގްގެ އެކި ދާއިރާތަކާއި ބެހޭ ގޮތުން މައުލޫމާތު ދެވިގެންދާނެއެވެ.

މިހިނގާ އެޕްރީލް މަހުގެ 15 ވާ ހޯމަ ދުވަހު ހދ. ހަނިމާދޫގައި ބާއްވާ މި ސެމިނާއަކީ އެމްއެމްޕީއާރުސީއާއި މޯލްޑިވްސް ގޭޓްވޭސް އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ސެމިނާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.