މޮޅުވާ ޓީމަކަށް އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ކަނޑައަޅައި، ކާށީދޫ އަދި ގާފަރުގައި، ޖާބިރު ކަޕްގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް އިއުލާން ކޮށްފިއެވެ. 

މިއަހަރުގެ ބޮޑު އީދާއި ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ، މި މުބާރަތަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކ.ކާށިދޫ  ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ އިސްނެންގެވުމުގެ މަތިން ބާއްވާ މުބާރާތެކެވެ. ޖާބިރު ކަޕް ކާމިޔާބު ކުރާ ޓީމަކަށް އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ކަނޑައަޅާފައި ވާއިރު، މިމުބާރާތުގެ ރަނަރަޕް ޓީމަށްވެސް ބައިލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާށިދޫ ދާއިރާގެ ގޮނޑި އަބްދުﷲ ޖާބިރު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، އެކަން ފާހަގަ ކުރެއްވުމަށް ވަނީ، ކާށިދޫ އަދި ގާފަރުގައި ހަވާވެސް އަރުވާފައެވެ. މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ޖާބިރު ވަނީ، ކާށިދޫ އަދި ގާފަރު ކޭބަލް ކާރުން ގުޅާލައި، އަރަބި ޓޫރިޒަމް ތައާރަފް ކުރުމަށް ވައުދުވެވަޑައިގަނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.