ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަސްޓް ރެސްޕޮންޑާސް ސާވިސްގެ ދަށުން އަވަސް ފަރުވާ ދޭން ބަލި މީހާ އޮތް ތަނަށް ޑޮކްޓަރު ނުވަތަ ނަރުހުން ދިއުމަށް ސައިކަލް ބޭނުން ކުރަން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.

އޭޑީކޭއިން މި ހިދުމަތް ދޭޏް ބޭނުންކުރާނެ ސައިކަލްތައް ދައްކާލާފައިވަނީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުގެ ގޮތުން އިއްޔެ ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ ފެއާގެ ތެރެއިންނެވެ.

އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ޕެރަމެޑިކް ސައިކަލްގެ ހިދުމަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި ޕެރަމެޑިކް ސައިކަލް ބޭނުން ކުރަން ފަށަނީ އެމްބިއުލާންސްގައި ބަލި މީހާ އޮތްތަނަށް ދާން ނަގާ ވަގުތު ގިނަވާތީ މިހާތަނަށް ދިމާވަމުން އައި ކަންކަމާއި މައްސަލަތައް ފާހަގަ ކުރެވުމުން އެކަން ކަމަށް ނިމުމެއް ގެނައުމަށް ކަމަށެެވެ.

އޭޑީކޭއިން ހާމަކުރައްވާ ގޮތުގައި މި ހިދުމަތްދޭން ފަށަން ނިންމާފައިވަނީ އެކަމށް ހާއްސަކޮށްގެން ތަމްރީން ދީފައިވާ ފަރާތްތަކާއި އެކުގައެވެ. އެ ގޮތުން އަންނަ ހަފްތާއިން ފެށިގެން މި ހިދުމަތް ދޭން ފަށާނެ ކަމށް އޭޑީކޭއިން ހާމަކުރައްވައެވެ.

 މި ވެހިކަލްގެ ސަބަުން އެކްސިޑެންޓްތައް ފަދަ ހާދިސާތަކުގައި މީހުން ހޮސްޕިޓަލަށް ގެންދިއުމުގަ އާއި ކުއްލި ފަރުވާ ދިނުމުގައި މިހާރު ދިމާވަމުންދާ ކަންތަކަށް ހައްލެއް ލިބިގެންދާނެއެެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.