މަސްބާނަން ނިކުމެ އުޅުނު ދޯންޏެއްގެ އިންޖީނު ހުއްޓިގެން ހާލުގައި ޖެހުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މަސްބާނަން ނުކުމެ އުޅުނު ދޯންޏެއްގެ އިންޖީނު ހުއްޓިގެން ކ.ހިންމަފުށީ ފަރަށް ލައްގަމުންދާތީ، މެރިން ފުލުހުން އެހީތެރިވެފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ، މިރޭ 22:00 ހާއިރު ކަމަށެވެ.
ފުލުހުން މައުލޫމާތު ދެމުން އިތުރަށް ވިދާޅުވީ، އެދޯނީގައި ތިބީ 13 ފިރެހެނުންނާއި 7 އަންހެނުން ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި، މިހާރު ކޯސްޓް ގާޑުން ދަނީ އެ އެންމެން މާލެ ގެންދިއުމުގެ މަަސައްކަތް ކުރަމުން ކަމަށެވެ.