އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީއާއި ގުޅިގެން ބޭއްވި "އަމީނިއްޔާ ޑައިމަންޑް ޖުބްލީ ފެއާ" އަށް ރައީސްގެ ދެ ކަނބަލުން ރޭ ޒިޔާރަތް ކުރައްވައިފިއެވެ. 

އެ ގޮތުން އެ ފެއާއަށް ވަޑައިގެން ރައީސްގެ ދެ ކަނބަލުންވަނީ ފެއާގެ ބައިވެރިންގެ މަސައްކަތްތައް  ބައްލަވައިލައްވާފައެވެ. 

މި ފެއާ އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި އަމީނިއްޔާ ސްކޫލްގެ އިސް ދަރިވަރު އަދި ފަހުން ސްކޫލްގެ ޕްރިންސިޕަލް ކަން ކުރައަވާފައިވާ ޑރ. އާމާލް އަލީ ވިދާޅުވީ ފެއާއަކީ އަމީނިއްޔާގެ އިސް ދަރިވަރުންނަށް އެމީހުންގެ ވިޔަފާރިތަކާއި ވިޔަފާރީގެ ހުނަރު ދައްކާލުމަށް ދިން ފުރުސަތެއް ކަމަށެވެ.

ފެއާއިން ލިބުނު ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ ސްކޫލްގައި މި އަހަރު ކުރިއަށް ރާއްވާފައި ހުރި ހަރަކާތްތަކަށެވެ.  އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުރިން ހިންގި ހަމައެކަނި ސްކޫލްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.