ދިވެހިރާއްޖެގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ވޯޓަކުން ކަނޑައަޅައިފި ނަމަ އެކަމަށް އިހްތިރާމް ކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުން، މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނާޒިމް ވިދާޅުވީ ވެރިކަމުގެ ނިޒާމާއި މެދު ގޮތެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދިއުމަށް މަޖިލިސް މެންބަރުންނަށް ފެނިވަޑައިގަންނަވާނަމަ އެކަން އެގޮތަށް ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމެވެ. އަދި ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރެވޭ ހާލަތެއްގައި އެކަމާއި ދެކޮޅަށް އަޑު އުފުއްލަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވަރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އަބަދުވެސް އެއްބަޔަކު އަންނަނީ ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ފަހުން މި ވާހަތައް ދެއްކުން އިތުރު ވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.