ކުޑަކުދިންގެ ހިތް ރުއްސާލަން ނުވަތަ އެކުދިން ޖަހާ ސަކަރާތް މަޑު ޖައްސާލުމަށް، އެކުދިންގެ އަތަށް ފޯނާއި ޓެބްލެޓް ފަދަ ތަކެތި ދިނުމަކީ އަހަރެމެން ވަރަށް ގިނައިން ކުރާ ކަމެކެވެ. އަދި އެކަމުގެ ބައެއްފަހަރު ހިތާމަވެރި ހާދިސާތަކާއި ހީނުކުރާ ފަދަ ކަންކަން ވެފައި އެބަހުއްޓެވެ. 

މިފަދަ ހާދިސާއެއް އެމެރިކާގައި އުޅުނު އީވާން އޮސްނޯސް ކިޔާ ފިރިހެނަކަށްވެސް ދިމާވިއެވެ. އޭނާގެ ދަރިފުޅު މަސަލަސްކޮށްލަން އޭނާގެ އައިޕެޑް އެކުއްޖާ އަތަށް ދިނުމުން އެއަށްފަހު އަދި އަދަށް ދާނެދެންވެސް އައިޕެޑެއް ނުހުޅުވެއެވެ. އައިޕެޑާއި ކުޅެކުޅެފައި އޭތި އަނބުރާ ދިން އިރު، އައިޕެޑް އޮތީ ނުހުޅުވޭ ވަރަށް ކޯޑު ޖަހާލާފައެވެ. އީވާންގެ އައިޕެޑްގައި އޭނާގެ ދަރިފުޅު ވަނީ ފަންސަވީވް މިލިއަން މިނެޓަށް ވުރެ ވެސް ގިނަ މިނެޓުން ނޫނީ އައިޕެޑް ނުހުޅުވޭނެ ވަރަށް ސެކިއުރިޓީ ކޯޑު ޖަހާލާފައެވެ. 

އޭނާގެ އައިޕެޑް ހުޅުވޭނީި ތިން އަހަރުގެ ކުޑަ ކުއްޖާއަށް ފަންސާސް އަހަރު ފުރޭ ފަހުންނެވެ. އެހެންކަމުން އައިޕެޑް ހުޅުވޭނީ 2067 ވަނަ އަހަރުއެވެ. އަދި އެއީ 42 އަހަރުގެ އީވާނަށް 90 އަހަރު ވާ ފަހުންނެވެ. އެހެންކަމުން އީވާން ވަނީ އޭނާގެ އައިޕެޑް ހުޅުވޭނެ ގޮތެއް ހޯދުމަށް މީސް މީޑިއާގައިވެސް މީހުންގެ އެހީއަށް އެދެފައެވެ. ނަމަވެސް ގިނަ މީހުން އޭނާއަށް ކުރީ މަލާމާތެވެ. 

"އިނގޭތަ ތި ލިބުނީ ވަރަށް އޮމާން ކަޓިން ބޯޑެއްކަން" އެކަކު ކޮމެންޓް ކޮށްފައިވެއެވެ. އަދި އެހެން މީހަކު އީވާން އަށް ނަސޭހަތް ދިނީ އޭނާގެ ކުޑަ ދަރިފުޅު "ރީބޫޓް" ކޮށްލާށެވެ. 

މި ހާދިސާއިންވެސް ލިބޭ އިބުރަތަކީ ކުޑަކުދިންނަށް ފޯނު ފަދަ އަގުބޮޑެތި ވަސީލަތްތައް ދިނުމަކީ ތިމާއަށްވެސް އަދި ކުޑަކުދިންނަށްވެސް އެތަކެއް ގޮތަކުން ގެއްލުން ލިބިދާނެ ކަމެއް ކަމެވެ. އެހެންކަމުން އެކުދިން އެފަދަ ތަކެއްޗާއި ދުރުގައި ބޭތިއްބުން މުހިއްމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.