ރޭ މާލޭގައި ހިނގި ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލައިފިއެވެ.
އެ ގޮތުން އެ މައްސަލާގައި ހައްޔަރުކުރި 32އ މީހާއަާއި 33އ މީހާގެ ބަންދަށް ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ އޭގެ ތެރެއިން 32 އަހަރުގެ މީހާ ދޫކޮށްލާފައެވެ. އަދި 33 އަހަރުގެ މީހާގެ ބަންދަށް ވަނީ އިތުރު ފަސް ދުވަހުގެ މުއްދަތު ޖަހާފައެވެ.
އަދި މި މީހާ ދޫކޮށްލި އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.