މާމިގިލީގައި ރަށު ޕިކަޕެއްގައި ރޯވެ ބިދޭސީއެއް ފިހިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހަވީރު 16:35 ހާއިރު މާމިގިލީގައި ރަށު ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ބިދޭސީ މީހާއަށް މާގިލީ ހޮސްޕިޓަލުގައު ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަލިފާން ރޯވީ އެރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް ބޭސް ޖެހުމަށް ޑީސަލް އަދި ޕެޓްރޯލް އަޅާފައި ހުރި ވެހިކަލެއް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ޕިކަޕުގައި ރޯވި އަލިފާންގަނޑު ވަނީ އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލައިފައެވެ.