ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ގާފަރުގައި ޝީޝާ ބާ އެއް، އަދި ކާށިދޫގައި ސޫޝީ ބާއެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް، ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށްދިން އިންޓަވިއުއެއްގައި ވާހަަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ކޮންމެ ވާހަކައެއް ދައްކާއިރަށް އޭގައި ހުންނަ ނެގެޓިވިޓީ އަށް ވިސްނާ އެ ވާހަކަތަކަށް ޖޯކު ޖަހަން ނުޖެހޭ ކަމަށާއި ސީދާ ޕޮއިންޓަށް ދިޔައީމައި ނިމުނީކަމަށެވެ. އޭނާ ވިދާޅުވީ ކާށިދޫއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅަން ވިދާޅުވުމަކީ ޖޯކެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިހާރު ގާފަރުގައި މި ހަދަނީ ޝީޝާ ބާ އޭ. ދެން އަޅުގަނޑު ކާށިދޫގައި ހަދާނީ ސޫޝީ ބާ އެކޭ. ބާ އެކޭ ބުނީމަ އެތަނުގައި ރަލެއް ނުހުންނާނެ. އޮޅިގެން ނޫޅެވޭނެ. ކޮންމެ އެއްޗެއް ބުނާ އިރަށް އޭގައި ހުންނަ ނެގެޓިވިޓީ އަށް ނުވިސްނާށޭ." ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރި ވިދާޅުވީ، އަމިއްލަ ޓީވީ ޗެނަލްއެއް އުފައްދަން އުޅޭ ކަމަށާއި، އެއީ ކާށިދޫ އާއި އެދާއިރާގެ ރަށްތައް ތަަރައްގީކުރާގޮތް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭން ކަމަށެވެ.