ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އެއް ނުރަނގަޅު އާދައަކީ އިސްރާފު ކުރުމުގެ އާދަައެވެ. ކެއުމަށް ގެންގުޅޭ ކާއެއްޗެހިން ފެށިގެން ލާ އަންނައުނަށް ދަންދެން ގިނަ ފަހަރަށް ގެންގުޅެވެނީ އިސްރާފަކަށް ވެގެން ދާ މިންވަރަށެވެ. ހަމަ ޔަގީނުންވެސް ލާން ގެންގުޅޭ ހެދުމެއް ނުވަތަ އަޅަން ގެންގުޅޭ ސޯލްތައް ވިޔަސް އެ ގަނެފައި ނާޅާ ދެތިން ހަތަރު އަހަރު ބަހައްޓަން ވެއްޖެއްޔާ އެ ވަނީ  އިސްރާފަކަށެވެ.

މިހާރުވެސް ދިވެހި ގިނަ އާއިލާތައް އަދި ޒުވާނުން މަސް ނިމޭ އަތަށް އަޅާއިރު އޮންނާނީ އަތާއި އަނގަޔާއި ދިމާނުވާ ހިސާބަށް ކަންތައްތައް ގޮހެވެ. އަތުގައި ލޯ ލާރިއެއް ނެތަސް މީހަކު އަތުން ދަރަންޏަށް ނަގައިގެން ވިޔަސް އިސްރާފު ވާވަރަށް ޝޯލް، ހެދުން އަދި އެހެނިހެން އެއްޗެހީގެ ކްލެކްޝަނެއް އެއްކުރަން ޖެހޭ ވިއްޔާއެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. މި ޒަމާނަކީ ދެ ދުވަހުން އެއް ދުވަހު މީހުންގެ ތެރެއަށް އާ ޓެރެންޑެއް އުފަންވާ ދުވަސްވަރެކެވެ. މިއަދު އޮންނަ ޓެރެންޑް އޮންނާނީ މާދަމާ ހެނދުނު ވާއިރާއަށް އައުޓްޑޭޓެޑް ވެފައެވެ.

އަންހެން ކުދިން ގެންގުޅޭ ޝޯލް ކަލެކްޝަނުގެ ވާހަކަ ދެއްކުމަށް ވުރެ ނުދެއްކިއްޔާ މާ ރަނގަޅުވާނެއެވެ. ގިނަ އަންހެން ކުދިން އަތުގައި 100 ވަރަކަށް ޝޯލް އޮންނާނެ އެވެ. ގިނައިން އެވަރުވެސް ވާނީ މަދެވެ. އަތުގައި ލާރިއެއް ނެތަސް އަލަށް ބާޒާރަށް ޝޯލްގެ އާ ޓެރެންޑެއް ނެރޭއިރަށް އެ ގަންނަން ޖެހޭނެއެވެ. މުސާރަކޮޅު އެއްކޮށް އެ ޝޯލްތައް ގަތުމަށް ހޭދަވިއަސް ހެޔޮ ވާނެއެވެ. އެކި ކުލައިގެ އެކި ޑިޒައިން ތަކުގެ ޝޯލްތައް އަތުގައި ހުރުމުން ހަމަގައިމުވެސް ވަރަށް ހިތްހަމަޖޭހެނެ ކަން އަޅުގަނޑަށް ވެސް އެނގެއެވެ.

އެކި ކުލަ ކުލައިގެ ޝޯލްތައް ގެންގުޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވާ ހިސާބަކީ އިސްރާފަކަށް ވާ ވަރަށް ގަތުމެވެ. ހަމަ ގައިމުވެސް ހުރިހާ އަންހެން ކުދިންނަކީ މުއްސަނދި އާއިލާއަކުން އައިސް ތިބޭނެ ކުދިންނެއް ނޫނެވެ. ގިނަ ކުދިން އުޅޭނީ ވަޒީފާއަކަށް ދަމުން ކިޔަވަމުން އަދި މާލޭގައި އުޅެންޏާ ކުއްޔަށެވެ. މިހެން އުޅޭ އިރު ގިނަ ފަހަރަށް ހުންނާނީ ލިބޭ މުސާރައިން ދެކޮޅު ނުޖެހިފައެވެ. ލިބޭ މުސާރައިންވެސް ދެކޮޅު ނުޖެހޭއިރު ބޭކާރު ހަރަދު ކުރަން ޝޯލް މަދު ނުވާވަރަށް ހުރި އިރު އިތުރަށް ގަތުމުގެ ބޭނުމެއް ނެތެއްނޫ.ން ތޯއެވެ؟ ބޭކާރު ހަރަދު ކުރުމުގެ ބަދަލުގައި އެލާރި ފަހަށް ރައްކާ ކޮށްގެން ބޭނުން ޖެހޭ ދުވަހަކުން ބޭނުން ކުރަން ފޮރުވިއްޔާ މާ ރަނގަޅެއް ނުން ތޯއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.