ކުރީގައި ދުނިޔޭގައި އުޅުނު އިންސާނުންގެ އާ ނަސްލެއް ހޯދިއްޖެއެވެ.
ހޯމޯ ލުުޒޯނެންސިސްގެ ނަމުން ނަންދެވިފައިވާ މި ނަސްލަށް ނިސްބަތްވާ މީހާގެ ހަށިގަނޑު ހޯދުނީ ފިލިޕިންސްގެ ރަށެއްކަމަށްވާ ލުޒޯން ގެ ހޮހޮޅައަކުންނެވެ.
އެހެން ނަސްލުތަކާއި ތަފާތުކޮށް، މި ހަށިގަނޑުން ދައްކުވައިދެނީ ވަރަށް ކުރީގެ ދުނިޔޭގެ ކާބަފައިންގެ ގޮތްތަކާއިއެކު ފަހުގެ ކާބަފައިންގެ ގޮތްތަކެކެވެ.
ފެނުން ހަށިގަނޑުގެ އިނގިލިތަކާއި، އިނގިލިތަކުގެ ކަށިތައް ވަނީ ގުދުވެފައިކަމުން ލަފާކުރެވެނީ އެ ނަސްލުގެ މީހުންނަކީ ގިނައިން ތަންތަނަށް އެރައި އުޅުން ބައެއް ކަމެވެ.
ޑީއެންއޭ ގެ ނަތީޖާތައް ދެއްކި ގޮތުން، އެ މީހުން ދުނިޔޭގައި އުޅުނީ މީގެ 50،000 އަހަރާއި 67،000 ދެމެދުގެ އަހަރުތަކެއް ކުރިންނެވެ. ދެކުނު-އިރުމަތި އެފްރިކާގެ ނަސްލަކަށް ނިސްބަތްވުމުގެ ބައެއް އަލާމާތްތައްވެސް ޑީއެންއޭގެ ނަތީޖާތަކުން ދެއްކިއެވެ.
މި ނަސްލު ހޯދުނު ހޮހޮޅަ ވަނީ ފަތުރުވެރިންގެ މަންޒިލަކަށް ހުޅުވައިލެވިފައެވެ. މި ހޮހޮޅައިގެ ނަމަކީ ކަލާއޯ ކޭވް އެވެ.