ލ. މާމެންދޫގައި ކުޑަކުއްޖަކާއި ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގި މައްސަލައެއްގައި އެރަށުގައި އެ ކުއްޖާގެ މަންމައާއި ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި، މާމެންދޫ ސުކޫލުގައި ތައުލީމު ޙާޞިލްކުރަމުންދާ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އުމުރުން 27 އަހަރުގެ އެރަށު ކެފޭ އެއްގައި މަސައްކަތް ކުރާ ބިދޭސީ މީހެކެވެ.
ފުލުހުން އަދި ޖެންޑާރ މިނިސްޓްރީން ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ ކުޑަ އަންހެން ކުއްޖާގެ 41 އަހަރުގެ މަންމަ ހައްޔަރުކުރީ، އެ ކުއްޖާއާއި ބަދު އަޚުލާޤީ އަމަލު ހިންގުމަށް ބިދޭސީ މީހާއަށް މަގުފަހިކޮށްދިނުމުގެ ތުހުމަތުގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން އަންނަތާ އެތައް ދުވަހެއްވެފައިވާ ކަމަށާއި، އެންމެފަހުން އެ ކުއްޖާއަށް ކިޔަވައިދޭ ޓީޗަކަށް އެ ވާހަކަތައް ކިޔައިދިނުމުން އެ މައްސަލަ ޕޮލިހަށާއި ޖެންޑާއަށް ހުށަހެޅީކަމަށެވެ.