އެމެރިކާގެ މަޝްހޫރު ޓީވީ ތަރި އަދި ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯއްދާފައިވާ ކިމް ކާޑޭޝިއަން ލޯޔަރަކަށް ވުމަށްޓަކައި ލޯޔަރުކަން ކިޔަވަމުން ދާ ކަމަށް އޭނާ ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު މެގަޒިން އެއް ކަމަށްވާ "ވޯގް މެގަޒިން" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ބުނީ އެމެރިކާގެ ލޯ ފާމެއްގައި އެޕްރެންޓެންޓިސްޝިޕް ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި، ހަތަރު އަހަރުގެ އެޕްރެންޓެންޓިސްޝިޕް ޕްރޮގްރާމަށް ފަހު ލޯޔަރަކަށް ވުމުގެ އުއްމީދުގައި ހުރިކަމަށެވެ.

އުމުރުން 38 އަހަރުގެ ކިމް ކާޑޭޝިއަން ބުނީ، އޭނާ ލޯޔަރަކަށް ވާން ނިންމީ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އުމުރުން 63 އަހަރުގެ އަންހެނަކަށް މައާފު ދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ފަހު ކަމަށެވެ.

ކިމް ކާޑޭޝިއަން "ވޯގް މެގަޒިން" އަށް ދިން އިންޓަވިއުގައި އިތުރަށް ބުނީ، އޭނާ އަބަދުވެސް ކެރިއާ ބަދަލު ކުރަން ވިސްނި ކަމަށާއި، އަދި ލޯޔަރަކަށް ވެ އެކަހަލަ އާ ތަޖްރިބާ އެއް ކުރަން އަބަދުވެސް ބޭނުންވާ ކަމަށެވެ. ކިމް ކާޑޭޝިއަން އަކީ، މިހާރުވެސް ބޮޑު ވިޔާފަރިއެއް ހިންގަމުން އަންނަ ފަރާތެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.