ކަލަަރ ބޭންކުން ހިލޭ ކުލަ ދޭ ހަރާކާތެއް މިއަދު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ބާއްވާ ހަރަކާތުގައި ކަލރ ބޭންކްއިން ވިއްކާ ތަފާތު ކުލަ ދަށްކާލުމުގެ އިތުރުން ކުލަ ބޭނުން ކޮށްގެން ތަފާތު މުބާރާތްތަކެއް ކުރިޔަށްދާނެ އެވެ. އަދި މީގެ އިތުރުން ވެސް އެ ހަރަކާތުގައި ބައިވެރިވާ އާންމު ފަރާތްތަކަށް ހިލޭ ކުލަ ދޭނެ އެވެ. 

މިއަދު ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ރުއްގަނޑު ސަރަހައްދު- އޭ ޒޯންގައި ކުރިއަށް ގެންދާ މިހަރަކާތަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އަގުބޮޑު އިނާމުތަކާއި އެކު ކަލަރ ބޭންކުން ބާއްވާ މި ހަރަކާތަކަކީ މިއީ "އެނމެންގެ ރޯދަ ސޭލް"ގެ ނަމުގައި އޭސް ހާޑްވެެއާ އަދި ކަލާ ބޭންކްގައި ކުރިޔަށްދާ ރޯދަ ޕްރޮމޯޝަން އާ ގުޅިގެން ބާއްވާ އިވެންޓެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.