ﷲގެ ހަސްރަތުން ދަރުމައާއި ސަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިިފިނަމަ އެމީހެއްގެ މޫނު އެތައް ހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މާތްﷲ ރުއްސުންލެއްވި އަބޫސައީދުލް ހުދުރީ ރަސިޔަﷲ އަންހްގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޝް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"މާތްﷲގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ހަރީފްގެ ދުރުމިނަށް ނަރަކައިން ދުރުކުރައްވާނެއެވެ"

އަދި މި ދުވަސްވަރު (ޝައުބާން ) މަހުގައި ކުރުން އެންމެ މުހިންމު އެއް ކަމަކީ ރޯދަ ހިފުން ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

"މިހާރު އަޅުގަނޑުމެން ގުނަމުން މިދާ ދުވަސްވަރަކީ ހުތުމަތްތެރިވެގެންވާ ރަޖަބުމަހާއި ބަރަކާތްތެރިވެގެންވާ ރަމަޞާންމަހާ ދެމެދުގައިވާ، ޝައުބާން މަހުގެ ދުވަސްތަކެވެ. މިދުވަސްވަރަކީ އަޅުގަނޑުމެންގެ ހެޔޮއަމަލުތަކުގެ މައްޗަށް ހެޔޮއަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އެ މަހުގައި ކުރަން އޮތް އެންމެ މުހިންމު ކަަމަކީ ގިނަގިނައިން ރޯދަ ހިފުމެވެ. އެމަހަކީ މީސްތަކުންގެ އަމަލުތައް ﷲގެ ހަސްރަތައް އުފުއްލެވޭ މައްސަރަވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާއި ވަނީ އިސްވެދިޔަ އުންމަތްތަކުގެ މީހުންގެ އުމުރާ އަޅާބަލާއިރު މި އުންމަތުގެ މީހުންގެ އުމުރު ކުރު ކަމަށް ބުނެފައެވެ.

"ލޮބުވެތިވި މުސްލިމު އަޙުންނޭވެ!. އިސްވެދިޔަ އުންމަތްތަކުގެ އުންމަތް ތަކުގެ މީހުންގެ އުމުރާ އަޅާބަލާއިރު މި އުންމަތުގެ މީހުންގެ އުމުރު ކުރެވެ. ތަފާތު ވަގުތުތަކާއި ދުވަސްތަކާއި މައްސަރުތައް މާތްކުރައްވައި ކުރު އުމުރެއްގައި ގިނަގުނަ ހެޔޮކަންތައް ކުރެވޭނެ ކުރެވޭނެ ގޮތް ﷲ މިއުންމަތުގެ މީހުންނަށްޓަކައި މިންވަރުކުރައްވާފައިވެއެވެ." ހުތުބާގައިވެއވެެ.

މީގެ އިތުރުން ޝައުބާން މަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވައި ޖަމާއަތް ހަދައިގެން އެ ރޭ ހާއްސަކޮށް ނަމާދުކޮށް ހެދުމަކީ ބޮޑުވެގެންވާ ބިދުއައެއްކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާ ނިންމާލަމުން ވަނީ ހެޔޮކަންތައްތަކުގައި އެއްބަޔަކު އަނެއްބަަކަށް ކުރިއަރައި ދިޔުމަށް މަސައްކަތް ކުރުމަށް ވަސިއްޔަތްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.