ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ރޭ 23:35 ހާއިރު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ހުރި ޑީ ބޯރޑްގައި، އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އަދި އަލިފާން ރޯވިތާ މާގިނަ އިރެއްނުވެ އެ އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ތިން ފުލުހަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.